ޖަމްއިއްޔާތަކަށް ގްރާންޓް ދިނުން: 3 ޖަމްއިއްޔާއާއެކު މިއަދު ސޮއިކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޖަމްއިއްޔާތަކަށް ގްރާންޓް ދިނުން: 3 ޖަމްއިއްޔާއާއެކު މިއަދު ސޮއިކުރުމަށް ނިންމައިފި

މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭ ޖަމިއްޔާތަކާއެކު ވާ އެއްބަވުމުގައި ތިން ޖަމްއިއްޔާއަކުން މިއަދު ސޮއިކުރުމަށް ނިންމައިފިއެވެ.

ޖުމްލަ 16 ޖަމްއިއްޔާއަކަށް ގްރާންޓްދިނުމަށް ހަމަޖެހިފައިވާއިރު އޭގެތެރެއިން 13 ޖަމްއިއްޔާއަކާއެކު މިހާރުވަނީ ސޮއިކޮށްފައެވެ. އަދި ބާކީ ތިން ޖަމްއިއްޔާއާއެކު މިއަދު ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސޮއިކުރި 13 ޖަމްއިމިއްޔާ:

- ދުވާފަރު ޔޫތު މޫވްމަންޓް

- އައިކަންސް އެސޯސިއޭޝަން

- ތުޅާދޫ ސިލްވަރ ޝައިންސް ކްލަބް

- ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

- ޖަމްއިއްޔަތުލް ސަލަފް

- ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން

- ޓޮޕްސީ

- އެސޯސިއޭޝަމް ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް

- ގަމު ޒުވާނުންގެ ޖަމްއިއްޔާ

- ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން

-ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ

-ހުވަދޫ ޑިވެލޮޕްމަންޓް އިނީޝިއެޓިވް

-ދި އިކޯ އޮގަނައިޒޭޝަން

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން