ޓުއަރިޒަމް މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފާލުން ނެއްޓިފައިވާ ރަށުފަތުވެރިކަން ޤާނޫނީ އިމަށް ފެއްތުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖެއަށް ރަށުފަތުރުވެރިކަން އާންމުވެގެންދާ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.
މިއަދުގެ މި މަޝްވަރާ ބައްދަލުވުމުން ނިމުނީ މި މަސައްކަތްކުރުމަށް ޓަކައި 4 މުއައްސަސާ ހިމެނޭ ގޮތަށް ކުޑަ ކޮމެޓީއެއް އެކުލަވައިގެން އުޞޫލު އެކުލައިލުމުގެ މަސައްކަތްކުރިއަށް ގެންދާ ގޮތަށެވެ. އުޞޫލު އެކުލައިލާ ކޮމެޓީގައި މި މުއައްސަސާގެ ކޮންމެ ކުލަސްޓަރއަކުން ބޭފުޅަކާއި، ޓުއަރިޒަމް މިނިސްޓްރީން 2 ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރީން 2 ބޭފުޅަކާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2 ބޭފުޅަކު ހިމެނިލައްވައެވެ.
މިއީ ރައީސް އޮފީހުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން މި އެކުލަވައިލާ އުޞޫލެކެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ވަޙްދަތުކުރިއަރުވާ މަތިވެރިކުރުމަށް އެތައް ގިނަގުނަ މަސައްކަތްޕުޅުތަކެއް އަންނަނީ ކުރަމުންނެވެ.