ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާތީ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާތީ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

 

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ވަނީ މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާފައެވެ.

ސްޓެލްކޯއިން މިކަން އިޢުލާންކުރަމުން ބުނެފައިވަނީ މި މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. މި މަސައްކަތް މިއަދު ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 9:30 އިން 11:30 އަށެވެ. ދެވަނަ ދަންފަޅި ކުރިއަށްދާނީ މެންދުރުފަހު 13:30 އިން 15:00 އަށެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ވަނީ އަންގާފައެވެ. އެގޮތުން މާލޭގެ އަލިކިލެގެފާނުމަގާއި، ކަޅުހުރާމަގު އަދި ބޮކަރުމާގޯޅި، އަދި ހުޅުމާލޭގެ އަސުރުމާހިގުން އަދި ޗަބޭލީމަގު ގޯޅި 3 އަކުން ކަރަންޓުގެ ޚިދުމަތް މެދުކެނދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ސަބަބުން ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ. މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން