މާލޭގައި 4 ތަނެއް ބަލައި ފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މާލޭގައި 4 ތަނެއް ބަލައި ފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި މިއަދު މާލެއިން 4 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މިއަދު ބަލައި ފާސްކުރެވުނު 4 ތަނުގެ ތެރޭގައި 2 ގެއަކާއި 2 ހޮޓާ ހިމެނެއެވެ. މި އޮޕަރޭޝަނަކީ ބިދޭސީން ދިރިއުޅޭ ތަންތަންތަން ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ކުރިއަށްގެންދާ ހަރުދަނާ މަސައްކަތުގެ ބައެކެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ދެނެގަނެ، އެފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމެވެ.

މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން އިންޒާރުދީފައިވެއެވެ.

މިއަދު އޮންލައިން