100 ދުވަސް ތެރޭ އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފަށަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
100 ދުވަސް ތެރޭ އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފަށަނީ!

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އިމަރޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމަށް އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން "ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް] އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހަދައި،  ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފެށޭނެ ކަމަށާއި ކައުންސިލްތައް ބާރުވެރިކުރުވައި، ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

މިއަދު އޮންލައިން