ޗައިނާގެ ހުއާވޭ ކުންފުނީގެ "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޗައިނާގެ ހުއާވޭ ކުންފުނީގެ "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެ

ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮށްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގައި ދިވެހިރާއްޖެއިން 4 ދަރިވަރުން ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށާއި، ޕްރޮގްރާމަށް ހޮވުނު 4 ދިވެހި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ހަފްލާއެއް ބޭއްވުނެވެ.

މި ހަފްލާގައި، "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު 4 ދަރިވަރުންގެ ނަން ޢިއުލާންކޮށް އެ ދަރިވަރުންނަށް މަރުހަބާ ދެންނެވުނެވެ. މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންނަކީ:

1. ޔޫސުފް މިޒާން މުޙައްމަދު - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)
2. ހަމްނާ ހުސައިން - އެވިޑް ކޮލެޖް
3. އައިޝަތު އަލްޔާ - ވިލާ ކޮލެޖް
4. އައިޝަތު މުޝީރާ - ވިލާ ކޮލެޖް

ހުއާވޭ ކުންފުނިން މި ދަރިވަރުންނަށް "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ޕްރޮގްރާމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

މި ޕްރޮގްރާމްގައި ދިވެހި ދަރިވަރުން ބައިވެރިވުމަކީ ރާއްޖޭގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ފާހަގަކޮށްފައިވެއެވެ. އަދި މި ފަދަ ފުރުސަތުތައް އިތުރުވެގެން ދިއުމަކީ ދިވެހި ޒުވާނުންގެ ހުނަރު އިތުރުވެ، ވަޒީފާގެ ބާޒާރުގައި އެ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު އޮންލައިން