އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން އިއްޔެ އާދިއްތަ ދުވަހު މާލޭގައި ބޭއްވުނު ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ އެތައް ގޮތަކުން ފައިދާކުރަނިވި ކަންތައްތަކެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެއްކަމަށް ބައިވެރިން ފާހަގަކޮށްފިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ 70 ދީނީ ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވެފައިވެއެވެ. ބައްދަލުވުމުގައި ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވތެރިވާ އެންމެ ބޮޑެތި ޖަމްޢިއްޔިއްޔާތަކުގެ ކަންކަން ކުރިއަށްދާ ގޮތް ތަފުސީލީ ގޮތެއްގައި ހިއްސާކުރުމުގެ ފފުރުޞަތު ލިބުނުކަން ބައިވެރިން ފާހަގަކޮށްފައިވެއެވެ. މ މި ގޮތުން، ޖަމްޢިއްޔަތުއތުއްސަލަފުންނާއި ޕީސް ފައުންޑޭޝަނުން ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅައި، އެ ޖަމްޢިއްޔާތަކުގެ ތަޖުރިބާއާއި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ހިއްސާކޮށްފައިވެއެވެ.
ޕީސް ފައުންޑޭޝަންގެ އިސް ބޭފުޅެއްކަމަށްވާ މުޙައްމަދު ޞަބާހު ވިދާޅުވީ، "ދީނީ ދައުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް ކުރާ މަސައްކަތްތައް ހިއްސާކޮށްލުމަކީ އަހަރުތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް" ކަމަށާއި މި ފުރުސަތު ދެއްވިކަމަށްޓަކައި ވަޒީރަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޖަމްޢިއްޔާތަކާ ގުޅޭ މުހިންމު ގިނަ ނިންމުންތަކެއް ވަނީ ނިންމައިފައެވެ. މީގެ ތެރޭގައި ޖަމްޢިއްޔާތަކާއި ވުޒާރާއާ ގުޅިގެން ކަންކަންކުރުމަށާއި، ދިމާވާ ދަތިތައް ޙައްލުކުރުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ 10 ޖަމްޢިއްޔާއެއް ހިމެނޭހެން ސްޓެރެޓެޖިކް ކޮމިޓީއެއް އެކުލަވައިލާން ނިންމައިފައިވާ އިރު، މި ކޮމިޓީގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ.
މީގެ އިތުރުން، ޖަމްޢިއްޔާތަކަށް އިތުރު ތަޖުރިބާ ހޯދައިދިނުމަށް ރާއްޖޭން ބޭރުގެ ދަތުރުތައް ރޭވުމާއި، ޖަމްޢިއްޔާތަކުގެ އެކި މަޝްރޫޢުތަކަށް ވުޒާރާއިން އެހީތެރިވުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ހިންގުމަށް ދިނުމާއި، ވުޒާރާއާއި ޖަމްޢިއްޔާތަކާ ގުޅިގެން އަތޮޅުތަކުގައި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއި، ޖަމްއިއްޔާތަކުގެ މަސައްކަތްތައް ފެންނާނެހެން ޖަމްޢިއްޔާތަކުގެ މައުރަޒެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، "މިއީ އަޅުގަނޑުމެންގެ ވުޒާރާއިން ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާ އެކު އަހަރީ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރު. މި ބައްދަލުވުމުން ވަރަށް ގިނަ ފައިދާތަކެއް ވެގެން ދިޔަ. ކުރިއަށް އޮތް ތަނުގައި މިފަދަ ބައްދަލުވުންތައް އަހަރަކު އެއްފަހަރު ބޭއްވުމަށް ވަނީ ނިންމާފައި."
ބައްދަލުވުމުގައި ބައިވެރިވި ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް އަޙްމަދު ސަމީރު ވިދާޅުވީ، "މި ބައްދަލުވުމަކީ ދީނީ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް. އަޅުގަނޑުމެން އެންމެން އެއް މަޤްޞަދެއްގައި މަސައްކަތްކުރާ ބައެއްކަން މި ބައްދަލުވުމުން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ."
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ދީނީ ޖަމްޢިއްޔާތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، އިސްލާމްދީނުގެ ޙަޤީޤީ މެސެޖު ފެތުރުމަށް އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. އަދި މުސްތަޤުބަލުގައި މިފަދަ ބައްދަލުވުންތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބައިވެރިން އުންމީދުކުރެއެވެ.