ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖްގެ ދިރާސާހެދުމަށް މަޝްވަރާކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖްގެ ދިރާސާހެދުމަށް މަޝްވަރާކޮށްފި

ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖްގެ ދިރާސާތައް ހެދުމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވައިފިއެިފިއެވެ.

އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަޒީރު ޑރ. މުއްޠަލިބް ވަނީ ތިލަފުށިން އުތުރުތިލަފަޅާއި ގިރާވަރުފަޅު ގުޅާލާ ބްރިޖް މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، މި މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ހެދުމާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ތިލަފުއްޓާއި ގިރާވަރު އަދި އުތުރުތިލަފަޅު ގުޅާލަން އަޅާ ދެ ބުރިޖްގެ އަމަލީ މަސައްކަތް 2026 ގައި ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި ބްރިޖް މަޝްރޫޢު ފުރިހަމަވުމުން، މާލެ ސަރަޙައްދުގެ ރަށްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން