ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެންގޮސްފި

ހުޅުމާލެއިން ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ތަނަކުން 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން އިއްޔެ ހުޅުމާލެއިން ތަނެއް ބަލައި ފާސްކޮށް މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އެތަނުގައި ތިބި 4 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.

މީގެއިތުރުން، ޤަވާއިދާ ޚިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މާލޭގެ އެކި ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ހާލަތު ރަނގަޅުކުރުމަށާއި، ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތެއްކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން