16 އަހަރު ވަންދެން މާލީ ވުޒާރާގަ ޚިދުމަތްކޮށްދެއްވި ޢަލީ އިރުފާން ވަޒީފާއިން ވަކިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
16 އަހަރު ވަންދެން މާލީ ވުޒާރާގަ ޚިދުމަތްކޮށްދެއްވި ޢަލީ އިރުފާން ވަޒީފާއިން ވަކިވެވަޑައިގެންފި

މާލީ ވުޒާރާގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ޑިޕާޓްމަންޓްގެ ޕްރޮޖެކްޓް ޑިރ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަލީ އިރުފާން، މިއަދު ވަޒީފާއިން ވަކިވެވަޑައިގެންފިއެވެ. މާލީ ވުޒާރާއިން މިކަން އިއުލާނުކޮށްފައިވަނީ މިއަދުއެވެ.

ޢަލީ އިރުފާން މާލީ ވުޒާރާއާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގެފަހުން ފާއިތުވި 16 އަހަރު ވަންދެން އެ ވުޒާރާގެ އެކި މަޤާމުތަކުގައި ހުންނަވައިގެން، ވުޒާރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އިރުފާންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން، މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އޭނާއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ހަނދާނީ ފިލާ އިރުފާނާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުޙައްމަދު ޝަފީޤެވެ.

މާލީ ވުޒާރާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އަލްފާޟިލް ޢަލީ އިރުފާން ދައުލަތުގެ ޚިދުމަތުގައި ހުންނަވައިގެން މި ވުޒާރާއަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައި މި ވުޒާރާގެ އިސްވެރިންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ" މިފަދައިންނެވެ.

މިއަދު އޮންލައިން