އިންޓަރނަލް އޮޑިޓު ކޮމިޓީން އެމް.އެން.ޔޫ ބިޒްނަސް ސްކޫލާ ބައްދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އިންޓަރނަލް އޮޑިޓު ކޮމިޓީން އެމް.އެން.ޔޫ ބިޒްނަސް ސްކޫލާ ބައްދަލުކޮށްފި

ދައުލަތުގެ އިންޓަރނަލް އޮޑިޓު ކޮމިޓީން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ބިޒްނަސް ސްކޫލާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިއްޔެއެވެ.

އިންޓަރނަލް އޮޑިޓު ކޮމިޓީން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އިންޓަރނަލް އޮޑިޓް ޕްރޮފެޝަން އިތުރަށް ކުރިއަރުވާނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. ޚާއްޞަކޮށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލާ ގުޅިގެން ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ކުރު ކޯސްތަކާއި، އަދި ސީޕީޑީ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ ކަންކަމުގެ މައްޗަށެވެ.

މި ބައްދަލުވުމަކީ އިންޓަރނަލް އޮޑިޓް ދާއިރާ ތަރައްޤީކޮށް، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި އިންޓަރނަލް އޮޑިޓު ކޮމިޓީ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގުމުން، ރާއްޖޭގެ އިންޓަރނަލް އޮޑިޓް ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވެސް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ އިންޓަރނަލް އޮޑިޓް ދާއިރާގެ މިހާރުގެ ޙާލަތު ރަނގަޅުކޮށް، ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން