މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، "އެޑްވާންސްޑް ސެމިނަރ އޮން ޓްރޭޑް އެންޑް ކޮމާސް ސަރކިއުލޭޝަން އިން އިންޓަރނޭޝަނަލް މެކްރޯ-އިކޮނޮމިކް ސަރކިއުލޭޝަން ފޮރ ބެލްޓް އެންޑް ރޯޑް ކަންޓްރީސް" ގެ ނަމުގައި ބޭއްވުނު ސެމިނަރ ވަނީ ނިމުމަކަށް އައިސްފައެވެ.
މި ސެމިނަރގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގަތީ މާލީ ވުޒާރާގެ ޑެޕިއުޓީ އެކައުންޓަންޓް ޖެނެރަލް، މުޙައްމަދު ޝިފާޢު އިބްރާޙީމެވެ. ޖުމުލަ 10 ޤައުމަކުން 33 ބައިވެރިން މި ސެމިނަރގައި ބައިވެރިވިއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެއިން ތިން ބައިވެރިން ހިމެނެއެވެ. ބައިވެރިވި އެހެން ޤައުމުތަކުގެ ތެރޭގައި އަރމީނިއާ، ބަހްރައިން، ކެންޔާ، މޮންގޯލިއާ، ސޮލޮމަން އައިލެންޑްސް، ސުރިނާމް، ޔުގަންޑާ، ޒަމްބިއާ އަދި ޒިމްބާބުވޭ ހިމެނެއެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ދިޔަ މި ސެމިނަރގައި ބައިވެރިންނަށް ލެކްޗަރތަކުގައި ބައިވެރިވުމުގެ އިތުރުން، އެކިއެކި ވިޔަފާރިތަކާއި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރުރުމުގެ ފުރުސަތު ލިބުނެވެ. އަދި ޝެންޑޮންގް ޕްރޮވިންސްގެ ޗިންގްޑާއޯ ސިޓީގެ ގިނަ ކުންފުނިތަކަކަށްވެސް ޒިޔާރަތްކުރިއެވެ.
ސެމިނަރގެ އޯޕެނިންގ ސެޝަންގައި ބައިވެރިންގެ ފަރާތުން ތަޤްރީރު ދެއްވީ ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި މުޙައްމަދު ޝިފާޢު އިބްރާޙީމެވެ. އަދި ސެމިނަރ ނިމުނު ދުވަހު، ދިވެހިރާއްޖެއިން ބައިވެރިވި ބައިވެރިންގެ ފަރާތުން ދަތުރުގެ ތަޖުރިބާ ހިއްސާކުރިއެވެ.
މި ސެމިނަރަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ބައިވެރިވާ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.