5 އަހަރުތެރޭ ބައިމިލިއަން ގަސް އިންދަން ސްޓެލްކޯއިން ކުރިއަށްގެންދާ ޙަރަކާތުގެ ތެރެއިން އިތުރު 500 ރުއް އިންދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
5 އަހަރުތެރޭ ބައިމިލިއަން ގަސް އިންދަން ސްޓެލްކޯއިން ކުރިއަށްގެންދާ ޙަރަކާތުގެ ތެރެއިން އިތުރު 500 ރުއް އިންދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މި 5 އަހަރުތެރޭ ރާއްޖޭގައި 5 މިލިއަން ގަސް އިންދަން ކުރިއަށް ގެންދާ ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން 5 އަހަރުތެރޭ ބައިމިލިއަން ގަސް އިންދަން ސްޓެލްކޯއިން ކުރިއަށްގެންދާ ޙަރަކާތުގެ ތެރެއިން އިތުރު 500 ރުއް އިންދައިފިއެވެ.

މި 500 ރުއް އިންދާފައިވަނީ މިއަދު އދ ފެންފުށީގައެވެ. އަދި ފެންފުށީގައި ކުރިއަށް ގެންދިއަ މީހަރަކާތަށް ރަށުގެ ކައުންސިލުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ވަރަށް ބޮޑުކަން ފާހަގަކުރައްވައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. 

ސްޓެލްކޯ އިން ގެންދަނީ ވީހާ ގިނަ ޢަދަދަކަށް އެކި ރަށްރަށުގައި ތަފާތު ގަސްތައް އިންދަން މަސައްކަތްކުރަމުންނެވެ. މިޕްރޮގްރާމުގެ ތެރެއިން މޭވާ އާއި ތަރުކާރީގެ ބައެއް ބާވަތްތައްވެސް އިންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ

މިއަދު އޮންލައިން