މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ އިމާމުންގެ މަހާސިންތާގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ހާއްސަ ދަންފަޅިއެއް ކުރިއަށް ގެންދަވައިފިއެވެ.
މި ދަންފަޅީގައި އަލިއަޅުއްވާލައްވާފައިވަނީ އިމާމުންގެ މުހިއްމުކަމާއި ރިވެތި އަޚުލާޤާއި ގުޅޭގޮތުންނެވެ. އެގޮތުން ޝައިޚް މުޙައްމަދު ލަޠީފްވަނީ މުޖުތަމަޢުއަށް އިމާމުން މުހިއްމުވާ އެކި ސަބަބުތަކާއި، އާއްމު މުޖުތަމަޢުގައި އުޅުއްވާއިރު އަދި އެނޫން ޙާލަތްތަކުގައިވެސް އިމާމުން އަޚުލާޤު ބަހައްޓަވަންވީ ގޮތުގެ ނަޞޭޙަތް އިމާމުންނަށް ދެއްވާފައެވެ.
އިމާމުންގެ މަހާސިންތާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުވެސް ވަނީ ހާއްސަ ދަންފަޅިއެއް ނަންގަވައިދެއްވާފައެވެ.
މިއަދު ކުރިއަށްދާ މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ހަބަރު: ސަރުކާރު