އިމާމުންގެ މަހާސިންތާ: ފުރަތަމަ ސެޝަންގައި ވަޒީރުގެ އަގުހުރި މަޢުލޫމާތުތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
އިމާމުންގެ މަހާސިންތާ: ފުރަތަމަ ސެޝަންގައި ވަޒީރުގެ އަގުހުރި މަޢުލޫމާތުތަކެއް!

މިއަދު ކުރިއަށްދާ އިމާމުންގެ މަހާސިންތާގެ ފުރަތަމަ ދަންފަޅި ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ވަޒީރުގެ ފަރާތުން އަގުހުރި މަޢުލޫމާތުތަކެއް ދެއްވި މި ދަންފަޅީގައި ވާހަކަފުޅު ދައްކަވާފައިވަނީ 'އުންމަތް ބިނާ ކުރުމުގައި މިސްކިތްތަކުގެ ދައުރު' މި މަޢުޟޫއުއަށެވެ. އެެގޮތުން މި ދަންފަޅީގައި ވަޒީރު ވަނީ މި މަޢޫޟޫއުއަށް މުހިއްމު އެތައް މަޢުލޫމާތުތަކެއް އިމާމުންނާއި ހިއްސާކުރައްވާ މިސްކިތްތަކުގެ މުހިއްމުކަމާއި، އިމާމުން ޢަމަލު ކުރައްވަންވީ ގޮތުގެ ރަނގަޅު އިރުޝާދުތަކެއް އިމާމުންނަށް ދެއްވާފައެވެ.

މި މަހާސިންތާގެ ތެރެއިން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ހާއްސަ ދަންފަޅިއެއްވެސް ކުރިއަށް ގެންދަވާފައިވާކަންފ ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ދަންފަޅީގައި އަލިއަޅުވާލާފައިވަނީ އިމާމުންގެ މުހިއްމުކަމާއި ރިވެތި އަޚުލާޤާއި ގުޅޭ ގޮތުންނެވެ.

މިއަދު ކުރިއަށްދާ މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވެލައްވާކަން ފާހަގަކޮށްލެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން