2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު 49 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މާލީ ވުޒާރާއިން ލަފާކުރޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު 49 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މާލީ ވުޒާރާއިން ލަފާކުރޭ

މާލީ ވުޒާރާއިން 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހާމަކޮށްފިއެވެ. މި ބަޖެޓުގައި ދައުލަތުގެ ޖުމްލަ ޚަރަދު 49،550 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.

މާލީ ވުޒާރާއިން ބުނީ މި ބަޖެޓަކީ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އަދި ސަރުކާރުގެ މެނިފެސްޓޯގައި އިސްކަންދީފައިވާ ކަންތައްތަކަށް އަމާޒުކޮށްފައިވާ ބަޖެޓެއް ކަމަށެވެ. މިގޮތުން، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ދީނީ ޚިދުމަތްތަކަށް 4،015 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ދީނީ ޚިދުމަތްތަކާއި މިސްކިތް ބިނާކުރުމަށް 389 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެމްބަސީތައް ހިންގުމަށް 335 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅިވަރުގެ މަޝްރޫޢުތަކަށް 156 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ ގޮތުގައި 93 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

މާލީ ވުޒާރާއިން އިތުރަށް ހާމަކުރިގޮތުގައި، މި ބަޖެޓުގައި ދަރަނި އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާވެސް ހިމެނިފައިވެއެވެ. ނަމަވެސް މިއީ ޚަރަދުގެ ގޮތުގައި ނުގުނޭ ބައިތަކެކެވެ. މި ދެބައި އުނިކުރުމުން، 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމްލަ ޚަރަދު 47،317 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

 

މިއަދު އޮންލައިން