މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ

ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފަށައިފިއެވެ. މި މައްސަލައިގައި ހޯދަމުންދާ ދެ ފަރާތަކީ ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު އާއި ސ. ފޭދޫ / އެވަރެސްޓް، ޙުސައިން ޞާލިޙްއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި މި ދެ ފަރާތް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މި ދެ ފަރާތް ހާޒިރުކުރެވެނީ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށެވެ. އަދި ހާޒިރުވާންޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް، 2024 މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.



މީގެ އިތުރުން ފުލުހުން ވަނީ މިއަހަރުގެ ޖުލައި 24ވަނަ ދުވަހުގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން އައި ތިން މީހަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ މޮލްވި މުޙައްމަދު ހާރޫން (49އ) ޕާކިސްތާން، ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ)ގެ މައްޗަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ބަލައިގަތީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން