ކަންތައް ކުރަންވާނީ އިޚްލާޞްތެރިކަމާއެކު ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކަންތައް ކުރަންވާނީ އިޚްލާޞްތެރިކަމާއެކު ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެ

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ވިދާޅުވެފައިވަނީ ކަންތައް ކުރަންވާނީ އެ ކަމެއް ކުރަން އޮންނަ ގޮތަށް އަދި އިޚްލާޞްތެރިކަމާއެކު ކަމަށެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ސިޓީސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް އަލަށް ހަމަޖެއްސެވި ޕަރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާއަށް މަޤާމުގެ ލިޔުން ޙަވާލުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.

ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޕަރމަނަންޓް ސެކްރެޓަރީއަށް އައްޔަންކުރެއްވި ޑޮކްޓަރ ފާޠިމަތު މުނާއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް ހަނދާންކޮށްދެއްވިއެވެ. އަދި ޑޮކްޓަރ ފާޠިމަތު މުނާއަކީ ތަޢުލީމީ ގޮތުންނާއި، ހިންގުންތެރިކަމުގެ ގޮތުންނާއި އަދި ތަޖުރިބާގެ ގޮތުން ވެސް ނުހަނު ޤާބިލް ބޭފުޅެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތު ސިޓީސް މިނިސްޓްރީގައި ބޭއްވޭ ގޮތް ހަމަޖައްސަވައި ދެއްވީތީ ވަޒީރު އާދަމް ޝަރީފު ޢުމަރަށާއި ވުޒާރާގެ އެންމެހައި އިސްވެރިންނަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުން އެނގިގެންދިޔައީ ދައުލަތުގެ މުވައްޒަފުން އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިޚްލާޞްތެރިކަމާއި ޒިންމާދާރުކަމަށް ދެއްވާ އަހައްމިއްޔަތުކަމެވެ.

މިއަދު އޮންލައިން