ދައުލަތަށް ދައްކަންޖެހޭ ފީތައް އެއް އަހަރަށް ބަހާލައިގެން ދެއްކުމަށް 3692 ފަރާތަކުން އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ދައުލަތަށް ދައްކަންޖެހޭ ފީތައް އެއް އަހަރަށް ބަހާލައިގެން ދެއްކުމަށް 3692 ފަރާތަކުން އެދިއްޖެ

ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް މިހާތަނަށް 3،692 ފަރާތަކުން އެދިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދާޚިލީ ވުޒާރާއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ، އެ ފަރާތްތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ދެ ހަފްތާގެ މުއްދަތެއް ދިން ފަހުންނެވެ. މި މުއްދަތު ދީފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

ސްޓޭޓް މިނިސްޓަރު މަޖީދު އިތުރަށް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު އަދަދެއް ދައްކަންޖެހޭ ފަރާތުން 23.2 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި، އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. 


މިއަދު އޮންލައިން