ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުން ރަޖިސްޓްރީކުރުން ލާޒިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުން ރަޖިސްޓްރީކުރުން ލާޒިމްކުރަނީ

ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުން ރަޖިސްޓްރީކުރުން ލާޒިމްކުރުމަށް ބޭނުންވާ ޤާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓްކޮށް ނިމިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑީއާއަށް މައުލޫމާތުދެއްވަމުން ޑރ.ރަމީލާ ވިދާޅުވީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ސިއްޙަތާ ބެހޭ ބިލުގެ ޑްރާފްޓްގެ މަސައްކަތް ނިންމައި ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށާއި އެ ޑްރާފްޓްގައި ހުރި ބައެއް ކަންކަން ތަފްސީލްކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުން ރަޖިސްޓްރީކުރުން ލާޒިމްކުރުމަށް އެ ޑްރާފްޓްގައި ހިމަނާފައިވާކަމަށެވެ.

މިފަދަ ނިޒާމެއް ގާއިމްވެގެން ނޫނީ މަގުމަތީގައި ގިނަވާ ބުޅާފަދަ ތަކެތި މަދުނުކުރެވޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ "އޭރުން މިވާގޮތަކީ ފެޓްގެ ގޮތުގައި މި ގެންގުޅޭ ޖަނަވާރު ޓެގްކުރެވިގެންދާނެ. ރެޖިސްޓަރ ކުރެވިގެން ދާނެ. އަދި އޭގެ ސިއްހީ ކަންކަން ބެލުމައްޓަކައި ޤަވާއިދުން ދޭންވާ ވެކްސިން ދިނުމާއި، މި ރެޖިސްޓަރޑް ޕްރޮގްރާމެއްގެ ދަށުން ކުރެވިގެން ދާނެ. ދެންވެސް މަގުމައްޗަަށް ނިކުންނަ ބުޅަލެއްވެސް ޓެގް ކުރެވިފައި އިނިއްޔާ އިނގޭނެ އޯނަރއާއި ލިންކް ކުރަން" ކަމަށެވެ.

ދިރޭތަކެތި ނުވަތަ ޖަނަވާރުންނާ ގުޅުންހުރި އެއްވެސް ޤާނޫނެއް މިހާތަނަށް ރާއްޖޭގައި އެކުލަވާލާފައެއް ނުވެއެވެ.

މިއަދު އޮންލައިން