ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖައްސައިދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖައްސައިދެނީ!

ފަރުޟު ޙައްޖު އަދާނުކުރެވި ތިބި މީހުންނަށް ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ އިއުލާނު ކުރައްވައިފައެވެ.

 

މިއީ ވަރަށް ގިނަ ބައަކު ވަރަށް ކުރިންސުރެ އެދެމުން އަންނަކަމެކެވެ. ޕެންޝަން ފަންޑުގައި ފައިސާ ހުރެމެ، މާލީ ތަނަވަސްކަން އަތުގައި ނެތުމުން ޙައްޖު ނުވެވި މިހާރުވެސް އެތައް ބައަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. އެހެންކަމުން މިފަދަ އިންތިޒާމެއް ހަމަޖެހިގެން ދިއުމުން ޕެންޝަން ފަންޑުގައި ފައިސާ ހަމަވާއިރަށް ޙައްޖުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.  

 

މީގެ އިތުރުން ރައީސް ޞާލިޙް އިއްޔެވަނީ ފުރަތަމަ 100 ދުވަސް ނިމޭއިރު، ކަރަންޓުގެ އަގު ހެޔޮކުރެވޭނެ ކަމާއި ރާއްޖޭގައި ފުރަތަމަ ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވައިލެވޭނެ ކަމާއި އަދި ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެކަންވެސް ހާމަކުރައްވައިފައެވެ.

 

މިއަދު އޮންލައިން