މަސް ޕްރޮސެސްކުރާ ތިން ކާރުޚާނާއެއް ތަރައްޤީކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މަސް ޕްރޮސެސްކުރާ ތިން ކާރުޚާނާއެއް ތަރައްޤީކުރަން ނިންމައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ، މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޮށްގެން މަސް ބޭރުކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން މަސް ޕްރޮސެސްކުރާ ތިން ކާރުޚާނާއެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށާއި، މި ތަންތަނުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި ތިން ފެސިލިޓީ ހަދާ ނިމުމުން ގާތްގަނޑަކަށް 300 މެޓްރިކްޓަން އިތުރު ވެގެން ދާނެ. މިހާރު ރާއްޖޭގައި ރޯމަހުގެ ގޮތުގައި ބޭރުކުރާ މަސް ރާއްޖޭގައި ބާނާ މަހުގެ ވަރަށް ބޮޑު އިންސައްތައެއް ރޯމަހުގެ ގޮތުގައި ދަނީ ބޭރު ކުރެވެމުން. ނަމަވެސް އައު ފެސިލިޓީތަކާއެކު ގާތްގަނޑަކަށް 90 ނުވަތަ 95 އިންސައްތައަށް ވެލިއުއެޑް ކުރެވިގެން ދާނެ" ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މިވަގުތު ރާއްޖޭގައި އަމިއްލަ ކުންފުނިތައް ހިމެނޭހެން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 110 މެޓްރިކް ޓަނުގެ މަސް ޕްރޮސެސްކުރެވޭ ކަމަށެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ކާރުޚާނާތަކާއެކު މި ޢަދަދު ގާތްގަނޑަކަށް 300 މެޓްރިކް ޓަނަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވަޒީރު ޝިޔާމް ވިދާޅުވީ މި ކާރުޚާނާތައް ނިމުމުން ޚާއްޞަކޮށް ކަނޑުބިލަމަހުން ލިބޭ އާމްދަނީ ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށްވާއިރު، މިކަމުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އައު ހަރުފަތަކަށް އަރައިގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން