މިފްކޯއިން 2 ރީފާ ކޮންޓެއިނަރ ބެހެއްޓުމަށް މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
މިފްކޯއިން 2 ރީފާ ކޮންޓެއިނަރ ބެހެއްޓުމަށް މަސައްކަތް ފަށައިފި

މިފްކޯގެ އުފެއްދުންތައް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި 2 ރީފާ ކޮންޓެއިނަރ ބެހެއްޓުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯގެ ޕްރޮޖެކްޓްސް އެންޑް އިންޖިނިއަރިންގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވެފައިވަނީ މި ރީފާ ކޮންޓެއިނަރތަކުގައި ބެހެއްޓުމަށް މަސައްކަތްކުރަނީ 25 މެޓްރިކް ޓަނުގެ ގަނޑުކުރި މަހުގެ ބާވަތްތަކުގެ ސްޓޮކެއް ކަމަށެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގައި ހުންނަ މިފްކޯ މަސްފިހާރަތަކުން މެދުކެނޑުމެއްނެތި އާންމުންނަށް ގަނޑުކުރި ރޯމަހުގެ ބާވަތްތައް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ހިނގަމުންދިޔަ އޮޕަރޭޝަން ހުއްޓުމަކަށް އައުމާ ގުޅިގެން، މާލޭގެ މަސް ފިހާރައިން ލިބެން ހުރި މަހުގެ އުފެއްދުންތަކުގެ ސްޓޮކް ވަނީ މަދުވެފައެވެ. ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުގެ މަޝްވަރާއިން ނިންމީ އޮގަސްޓް މަހުއެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކަނޑުއޮތްގިރީގެ މަސް ކާރުޚާނާ ފެލިވަރަށް ބަދަލުކޮށް، އަންނަ މަހު އޮޕަރޭޝަނަށް ގެންނައުމަށް މަސައްކަތްކުރަމުންދެުންދެއެވެ. އަދި އޭގެފަހުން ފެލިވފެލިވަރުގައި އުފައްދާ ގަނޑުކުރި ރޯމަހުގެ ބާވަތްތައް ބަންދުކޮށް، ލޭބަލްކުރުމަށްފަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި 2 ރީފާ ކޮންޓެއިނަރ އެ ކުންފުނީގެ މައި އޮފީހުގައި ބެހެއްޓުމުގެ އަމަލީ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯގެ އަމާޒަކީ، އެކުންފުނީގެ އިންޖިނިއަރިން ޓީމާއި، ޕްރޮޑަކްޝަން ޓީމުގެ މަސައްކަތުން އަންނަ ހަފްތާ ފެށެން ވާއިރަށް މި މަސައްކަތް ނިންމާލުންކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. މި މަސައްކަތް ނިމުމުން، މާލެ ސަރަހައްދުގައި މިފްކޯގެ މަހުގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިއަދު އޮންލައިން