ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްފައިވާ އެންޓިގުއާ އެންޑް ބާބުޑާ އެޖެންޑާ ތަންފީޒުކުރުމަށް ރާއްޖެއިން ދެމިހުރި ކަމުގެ ޔަޤީންކަން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްފައިވާ އެންޓިގުއާ އެންޑް ބާބުޑާ އެޖެންޑާ ތަންފީޒުކުރުމަށް ރާއްޖެއިން ދެމިހުރި ކަމުގެ ޔަޤީންކަން ދީފި

އދ. ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގެ (ޔޫއެންޖީއޭ 79) ތެރޭގައި މިއަދު ނިއުޔޯކްގައި ބޭއްވުނު އޯސިސް (އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް) ލީޑަރުންގެ ނާސްތާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ދިވެހިރާއްޖެއިން ބަޔާނެއް ދީފިއެވެ.

މި ބަޔާނުގައި، ކ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) އަމާޒުކޮށްފައިވާ އެންޓިގުއާ އެންޑް ބާބުޑާ އެޖެންޑާ ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި ކަމުގެ ޔަޤީންކަން ދީފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ތާރިޤް އިބްރާހީމެވެ. މިނިސްޓަރ ތާރިޤް ވަނީ ކުރިއަށް އޮތް ސީއޯޕީ 29 ގައި ކުދި ޖަޒީރާ ޤައުމުތަކަށް ކާމިޔާބު މާލީ އެހީތެރިކަމުގެ ލަނޑުދަނޑިއެއް ހާސިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އޭބީއޭއެސް (އެޑްވާންސްޑް ބޭސްލައިން އެންޑް އެލައިންމަންޓް ސިސްޓަމް) ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި އަޒުމުވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، މި ކަންކަމަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް މުހިންމު ފުރުސަތެއް ކަމުގައި ބެލެވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ސީއޯޕީ29 ބާކޫގައި ބޭއްވުމާ ދިމާކޮށް، ކުދި ޖަޒީރާ ޤައުމުތައް އެއް އަމާޒަކަށޒަކަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރުގެ އިގެ އިތުރު ހެއްކެއް ކަމުގައި ފާހަގަކުރެވެއެވެ. މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ، ޤައުމުގެ އަޑު އުފުލުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ބެލެވެއެވެ.

މިއަދު އޮންލައިން