މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) މިއަދު ހެނދުނު ދަންޖެހިގެން ނިޔާވެއްޖެއެވެ. މި މަޢުލޫމާތު ދީފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންނެވެ.

ވުޒާރާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިއަދު ހެނދުނު 6:52 ގައި ޢަބްދުލް ޣަނީ އިސްމާޢީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، ހެނދުނު 7:21 ގައި ޑޮކްޓަރު ވަނީ ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފައެވެ.

ޢަބްދުލް ޣަނީ އިސްމާޢީލްއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

މޯލްޑޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން އެކަން ވަގުތުން އޭނާގެ ޢާއިލާއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވެއެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ޔުނިޓުން ވަނީ ތަޙުޤީޤު ފަށާފައިވާކަމަށްވެސް އެ ސަރވިސްއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން