ހދ. އަތޮޅު ދަނޑުވެރިންނަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ހދ. އަތޮޅު ދަނޑުވެރިންނަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ހދ. އަތޮޅުގެ ދަނޑުވެރިންގެ ހުނަރު އިތުރުކޮށް، އުފެއްދުންތެރިކަން ރަނގަޅުކުރުމަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް އިއްޔެ ފެށިއްޖެއެވެ. މި ޕްރޮގްރާމް ކުރިއަށްދަނީ ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހދ. އަތޮޅުގެ އެކި ރަށްރަށުން 13 ދަނޑުވެރިން ބައިވެރިވެއެވެ. ޕްރޮގްރާމް ކުރިއަށްދާނީ 7 ދުވަހުގެ މުއްދަތަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ދަނޑުވެރިންނަށް ދަސްކޮށްދެނީ ޒަމާނީ ދަނޑުވެރިކަމުގެ އާ ޓެކްނިކްތަކާއި، ގަސްކާނާ ބޭނުންކުރުމުގެ ހަރުދަނާ ގޮތްތަކާއި، ބަލިތަކުން ގަސް ސަލާމަތްކުރުމުގެ ގޮތްތަކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން