ވަޒީރު ޑރ.ޝަހީމް ޤުރުއާން ހިތުދަސްކުރި ޢާއިޝަތު ޒީކު ރިޔާޟްއާއި ބައްދަލުކޮށް ހިއްވަރު ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ވަޒީރު ޑރ.ޝަހީމް ޤުރުއާން ހިތުދަސްކުރި ޢާއިޝަތު ޒީކު ރިޔާޟްއާއި ބައްދަލުކޮށް ހިއްވަރު ދެއްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަލްޙާފިޡާ ޢާއިޝަތު ޒީކު ރިޔާޟްއާއި އެދަރިވަރުގެ މައިންބަފައިންނާއި ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޢާއިޝަތު ޒީކު ޤުރުއާން ހިތުދަސްކުރައްވާ ހޯދެއްވި ފާހަގަކޮށްލެވޭ ކާމިޔާބީއަށް ތަޙުނިޔާ ދަންނަވާ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާފައެވެ.

އުމުރުން 14 އަހަރުގެ ޢާއިޝަތު ޒީކު ރިޔާޟް ވަނީ 31 ދުވަހުގެ ތެރޭގައި ހިތުން މުޅި ޤުރުއާން ކިޔައިދީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވެފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން