ތަނަވަސްކަން އިތުރުވާން ބޭނުންނަމަ ދަތިޙާލުގައި ހުރެގެން އެހެން މީހުންނަށް އެހީތެރިވަމުން އައި މިމީހާއަށް ތަނަވަސްކަން ލިބުނު ސަބަބުން ޢިބްރަތް ޙާޞިލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތަނަވަސްކަން އިތުރުވާން ބޭނުންނަމަ ދަތިޙާލުގައި ހުރެގެން އެހެން މީހުންނަށް އެހީތެރިވަމުން އައި މިމީހާއަށް ތަނަވަސްކަން ލިބުނު ސަބަބުން ޢިބްރަތް ޙާޞިލުކުރާށެވެ!

މިރޭގެ ދަރުސަށް ފެށުމުގެ ކުރިން އަހުރެންނަށް ފެނިފައިވާ ކުޑަކުޑަ ވީޑިއޯ ކްލިޕެއްގައި ކަންތައްތައް ވީގޮތް ބުނެލާނަމެވެ. އެއީ ތަނަވަސް ޒުވާނެކެވެ. މަގުމަތިން ބައްދަލުވި ފަޤީރަކަށް 15 ޑޮލަރު ދީފައި އެއިގެ ބޭނުން އެމީހާ ހިފާ ގޮތް ބަލަން ދުރުދުރުން ހިނގިއެވެ. 

ފަޤީރު މީހާ ކާއެއްޗެއް ގަންނަން ހިނގައިގަތްތަކުން އަތްދަބަސް ގެއްލިފައިވާ މުސްކުޅި އަންހެނަކު އޭނާ ބަހުގައި ގެއަށް ނުދެވިގެން އެހީއަކަށް އެދުމުން 5 ޑޮލަރު ދިނެވެ. ކާނެ އެއްޗެއް ގަންނަން ތަނަކަށް ހުއްޓުނުއިރު އަންހެނަކު އުޅެނީ އޭނާގަތް އެއްޗެއްސަށް އަގުދައްކަން 5 ޑޮލަރު މަދުވެގެންނެވެ. އެހެންވެ އޭނާއަށްވެސް 5 ޑޮލަރު ދިނެވެ. 

ބާކީ އޮތް 5 ޑޮލަރުދީފައި އެތަނުން ކާއެއްޗެއް ގަނެގެން ގޮސް ކާން ފަށަން އުޅެނިކޮށް ހައިހޫނުކަމުގައި ހުރި މީހަކު ފެނުމުން އެއެއްޗެތި އެމީހާއަށް ހަދިޔާކުރިއެވެ. 15 ޑޮލަރު ލިބުނުކަމުން އޭނާއަށް ކުރި އެއްވެސް ފައިދާއެއް ނެތްފަދައެވެ. 

މިކަންކަން ބަލަން ހުރެފައި ތަނަވަސް މީހާ އޭނާގެ ގާތަށް ގޮސް އެގޮތަށް ކަންތައް ކުރީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުނީ އެހެން މީހުންނަށް ހެޔޮކޮށް ހިތާނަމަ އެކަން އެނބުރި އެމީހަކަށް އަންނާނެކަމަށް އޭނާ ޔަޤީންކުރާތީ ކަމަށެވެ. އެހެން ބުނުމުން އަނެއްކާވެސް އޭނާއަށް 15 ޑޮލަރުދީފައި ދިއައީއެވެ. 

ގެއަށް ގޮސް މަންމަ ގާތު އެވާހަކަތައް ބުނުމުން މަންމަ ބޭނުންވީ އެމީހާ އާއި ބައްދަލުކުރަންދާށެވެ. އެެހެންވެ މަންމަ ގޮވައިގެން ގޮސް އެމީހާ ދެއްކުމުން އިރުކޮޅަކު ބަަލަން ހުރެފައި މަންމަ ބުނީ އެމީހާ އެއްބަސްވާނަމަ ގެއަށް ގެންދަމާ ހިނގާށެވެ. އެއީ މީގެ 20 އަހަރުކުރިން ޢޭނާ ތަނަވަސްކަމުގައި ހުރެ މަންމައަށް އެހީތެރިވެދީފައިވާ މީހެއް ކަމަށެވެ. 

އެއިރު ޢޭނާއަކީ މަގުމަތީގައި ސަލާންޖަހަން އުޅެންޖެހިފައިވާ މީހަކަށްވުމުން ދެމައިންގެ ދަޢުވަތު ޤަބޫލުކޮށް ދެމައިންނާއިއެކުގައި އެގެއަށް ދިއައީއެވެ. ކޮޓަރިއެއް ދީފައި އޭނާއަށް ކުރެވޭ ވަރުގެ ކަންކަން ކޮށްލައިގެން އުޅެން ގޭގައި ބެހެއްޓީއެވެ. އަހަރެއްހައި ދުވަސް ފާއިތުވިއިރު މަންމަ ވަނީ އެމިހާއާއި ކައިވެނިކޮށްފައެވެ. އެހެންވެ އޭނާއަށް ވަނީ ތަނަވަސް ދިރިއުޅުމެއް ލިބިފައެވެ. 

ކަންތައްތައް އެވީގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ހައިހޫނުކަމުގައި ހުރެގެންވެސް ދަތިޙާލުގައި ތިބޭ މީހުންނަށް އެހީތެރިވުމުން ދުނިޔޭގައިވެސް ކުރާ ފައިދާ ނިކަން ދެކިބަލާށެވެ! މިފަދަ ޙާދިސާކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ﷲ ތަޢާލާ ރަހްމަތް ލައްވަވާނެ ވަޤުތާއި ރަޙްމަތް މިންވަރުކުރައްވަވާނެ ގޮތް ޚިޔާލަށްވެސް ނުގެނެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން