ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާބެހޭ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާބެހޭ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ބައިވެރިވެއްޖެ

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، "އެެމްޕަވަރިންގ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް: ސްކޭލިންގ އަޕް ރިނިއުވަބަލް އެނަރޖީ ފޯ ރެސިލިއަންޓް އިކޮނޮމިކް ގްރޯތް" ރިޕޯޓް ނެރުމުގެ ވާރޗުއަލް ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިނިސްޓަރ އޮފް ސްޓޭޓް ޑރ. މުއާވިޔަތު މުޙައްމަދު ވަނީ ފަށައިދިނުމުގެ ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތަކީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ އިތުރުކޮށް، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ބާރުއެޅުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނެރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ފަށައިދިނުމުގެ ވާހަކަ ދެއްކެވުމަކީ، މި ދާއިރާގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ލިބިގެންދާނެ ކަމެއްކަމަށް ވުޒާރާއިން ބުނެއެވެ.

ޑރ. މުއާވިޔަތުގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމުގެ މުހިންމުކަމާއި، އެކަމުން ލިބިގެންދާނެ އިޤްތިޞްތިޞާދީ އަދި ތިމާވެށީގެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި މިފަދަ ރިޕޯޓުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށްަކަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަންވެސް ފާހަގަކުރެވުނެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ވުޒާރާއިން ދެކެއެވެ.

މިއަދު އޮންލައިން