ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގަމުންދޭތޯ ބެލުމަށް ސަރވޭއެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގަމުންދޭތޯ ބެލުމަށް ސަރވޭއެއް ފަށައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކ. ތިލަފުށީގައި ޤާއިމްކޮށްފައިވާ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމަށް ސަރވޭއެއް ފަށައިފިއެވެ.

މި ސަރވޭގެ މަޤްޞަދަކީ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގަމުންދޭތޯ ކަށަވަރުކުރުމެވެ.

ކަސްޓަމްސްއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ސަރވޭގެ ނަތީޖާއަށް ބިނާކޮށް މިންގަނޑަށް ނުފެތޭ ތަންތަން އިޞްލާޙުކުރުމަށް ފުރުޞަތު ދެވޭނެއެވެ. އަދި ކުރިމަގުގައި ކަސްޓަމްސްގެ ޚިދުމަތްތައް ލިބޭނީ ހަމ ހަމައެކަނި ޝަރުޠު ހަމަވާ ތަންތަނަށް ކަމަށްވެސް ވަނީ އަންގަވާފައެވެ.

ސަރވޭގައި ބަލާނީ "ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން" އުޞޫލުގެ 14 އަދި 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ:

- ސަރަހައްދު ފެންސު ޖަހައި ބަންދުކުރެވިފައިވުން
- ސަރަހައްދަށް ވަދެނުކުމެވާ އުޅަނދުފަހަރާއި މީހުންގެ އެކްސެސް ކޮންޓްރޯލްކޮށް ލޮގްކުރެވޭނެ ނިޒާމެއް ޤާއިމްވެފައި ހުރުން
- ސަރަހައްދު ދިއްލޭނެ އިންތިޒާމު ޤާއިމްވެފައި ހުރުން

ސަރވޭ ނިމުމުން، ކޮންމެ ޕްރައިވެޓް ޕޯޓް ފެސިލިޓީއެއްގެ ވެރިފަރާތަށް ސަރވޭ ރިޕޯޓު ދޫކުރެވޭނެއެވެ. މި ސަރވޭއަކީ ރާއްޖޭގެ ޕްރައިވެޓް ޕޯޓް ފެސިލިޓީތަކުގެ ފެންވަރު މަތިކޮށް، ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން