ވެމްކޯގެ "ހޮބާ" ޚިދުމަތް ލިބިގަތުމަށް ސްޓެލްކޯއިން ވެމްކޯއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ބުރާސްފަތި ދުވަހު ވެމްކޯއާއިއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސްޓެލްކޯގެ ޢިމާރާތްތަކާ ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކޮށްފފައިވާ ކަމަށެވެ.
ސްޓެލްކޯއަކީ އެކުންފުނީގެ ޢިމާރާތްތައް ރަނގަޅު ފެންވަރުގައި ބަލަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ގިނަ އަހަރުތަކެއް ވެފައިވާ ސްޓެލްކޯގެ މައި އޮފީހަށް ބަލައިލުމުން އެކަނިވެސް އެކަން އެނގިގެންދާނެއެވެ.
ސްޓެލްޚޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެފައިވަނީ ހެޑް އޮފީހާއި އެއްފެންވަރެއްގައި ސްޓެލްކޯގެ ހުރިހާ ޢިމާރާތްތައްވެސް ބަލަހައްޓަވަން ބޭނުންފުޅުވާ ކަމަށެވެ.