ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒީރު އެސްޓީއޯގެ އެމްޑީއާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒީރު އެސްޓީއޯގެ އެމްޑީއާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ އާއި ވުޒާރާގެ އިސް ބޭފުޅުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޝިމާދު އިބްރާހިމާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އެގްރޯނެޓާ ގުޅުންހުރި މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދުގެ މަޝްރޫޢުއާ ގުޅޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވިއެްވިއެވެ.

މި ބައްދަލުވުމުގައި މަަޝްވަރާކުރެވުނު މައިގަނޑު މަޢުޟޫތަކުގެ ތެރޭގައި އެގްރޯނެޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އުތުރު ތިލަފަޅުގައި ޤާއިމުކުރުމަށް ރޭވިފައިވާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދުގެ ތަރައްޤީގެ މަސައްކަތްތައް ހިމެނެއެވެ.

މިއަދު އޮންލައިން