މާލީ ވުޒާރާއިން ތިންވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މާލީ ވުޒާރާއިން ތިންވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވަނީ

މާލީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، އަންނަ އޮކްޓޫބަރު މަހު އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގައި އެ ވުޒާރާއިން ބައިވެރިވާން ނިންމައިފިއެވެ.

މި ކޮންފަރެންސަކީ އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ)، އިޓާލިއަން ޓްރެޜަރީ އަދި ވާރލްޑް ބޭންކުގެ އިނީޝިއޭޓިވެއް ކަމަށްވާ ޕަބްލިކް ޑެޓް މެނޭޖްމަންޓް ނެޓްވޯކުން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.

މާލީ ވުޒާރާއިން ބުނީ، އޮކްޓޫބަރު މަހުގެ 3 އިން 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ހުރިހާ ޚަރަދެއް ވަނީ ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސްޕޮންސަރ ކޮށްފައިކަމަށެވެ.

މިއަދު އޮންލައިން