ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދެއްކުން: މިފްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދެއްކުން: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ހާމަކުރި ގޮތުގޮތުގައި، މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާސްކުރުމަކީ ސަރުކާރުގެ އަމާޒެވެ.

މިފްކޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްވެރިންނަށް ނުދެވި ހުރި ފައިސާއާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި މާލީ ވުޒާރާ އަދި މިފްކޯ ގުޅިގެން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މި މަޝްވަރާތަކުގައި މިވަގުތަށް ހައްލު ހޯދިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މިފްކޯއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާރު މަސްވެރިންނަށް ނުދެވި ހުރީ 17 މިލިއަން ރުފިޔާއެވެ. ނަމަވެސް، ސަރުކާރުން ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ އެއްބާރުލުން ލިބެމުން އަންނަކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި މަސްވެރިން ކިރާ މަހަށް ގަވާއިދުން ފައިސާ ދެއްކުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން