ތަނބިކަށި ދުޅަވަން މެދުވެރިވާ ބައެއް ސަބަބުތައް- ސަމާލުވުން މުހިއްމު-

ކިޔުމަށް ހޭދަވާނީ 3މ 3ސ
ތަނބިކަށި ދުޅަވަން މެދުވެރިވާ ބައެއް ސަބަބުތައް- ސަމާލުވުން މުހިއްމު-

އުންމު ނަވާރު

 

ތަނބިކަށި ދުޅަވެ ރިއްސާ ހިގަން އުނދަގޫވާ ވާހަކަ ވަރަށް ގިނައިން އަޑުއަހަމެވެ. އާންމު ގޮތެއްގައި ތަނބިކަށި ދުޅަވަނީ އެޑީމާ ނުވަތަ އިންފުލެމޭޝަންގެ ސަބަބުންނެވެ. 

އެޑީމާގެ ސަބަބުން ދުޅަވުން ކުރިމަތިވަނީ މާގިނައިން ފުލުއިޑް ތަނބިކަށީގައި ޖަމާވުމުގެ ސަބަބުންނެވެ. އިންފުލެމޭޝަންގެ ސަބަބުން ދުޅަވުން ކުރިމަތިވަނީ ހަށިގަނޑަށް ކުރިމަތިވާ ގެއްލުމަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށްޓަކައި ދިފާއީ ނިޒާމު މަސައްކަތް ކުރަން ފެށުމުން އޭގެ ނަތީޖާއެއްގެ ގޮތުންނެވެ. 

މި ލިޔުމުގައި މި ބާލާލަނީ އެޑީމާ އަދި އިންފުލެމޭޝަންގެ ސަބަބުން ތަނބިކަށި ދުޅަވުމަށް މެދުވެރިވާ ބައެއް ހާލަތްތަކަށެވެ. 

1 ބްލަޑް ކްލޮޓްސް ( ލޭ ގަނޑުވުން )

ބައެއް ފަހަރު އަތް ނުވަތަ ފައިގެ ނާރެއްގައި ލޭ ގަނޑުވުން ނުވަތަ ތްރޮމްބޯސިސް އުފެދިދާނެއެވެ. ލޭ ގަނޑުވުމުގެ އެއް ބާވަތަކީ ޑީޕް ވެއިން ތްރޮމްބޯސިސް (ޑީވީޓީ) އެވެ. މިއީ އަވަސް ސިއްހީ ފަރުވާ ބޭނުންވާނެ ކަމެކެވެ. ބައެއް ފަހަރު ފައިގެ ލޭ ހޮޅީގައި ( ވެއިންސް ) ސުޕަރފިޝިއަލް ބްލަޑް ކްލޮޓްއެއް ކުރިމަތިވެ، މީގެ ސަބަބުން ބައެއް ފަހަރު ޑީވީޓީ އަށް މަގުފަހިވެގެންދެއެވެ. ޑީވީޓީގެ ސަބަބުން ލޭ ދައުރުވުމަށް ހުރަސްއެޅި ފައިގާ އެޑީމާ އުފެދުމަށް މެދުވެރިވެއެވެ. 

2. މާބަނޑުވުން

މާބަނޑު ދުވަސްވަރު މައިމީހާގެ ހަށިގަނޑުގައި ލޭ އަދި ފްލުއިޑްސް އުފައްދައިދޭ މިންވަރުން އިތުރުވެގެންދެއެވެ. އެޑީމާއަކީ މާބަނޑުވުމުން ކުރިމަތިވާ ސައިޑް އެފެކްޓްއެކެވެ. މިހެންވުމުގެ ސަބަބުން އަތް ފައި، މޫނު، ކަކޫ އަދި ތަނބިކަށި ދުޅަވުން އެކަށީގެންވެއެވެ. 

3. ހާޓް ފެއިލްވުން

ހާޓް ފެއިލްވަނީ ހިތުން ލޭ ޕަމްޕް ކުރަންޖެހޭ މިންވަރަށް ޕަމްޕް ނުކުރެވޭ ހިސާބުންނެވެ. ކޮންޖެސްޓިވް ހާޓް ފެއިލްވުމުގައި ހިތުން ލޭ ދައުރުވުން މަދުވުމުން ނާރުތަކަށް ލޭ އެނބުރި ދެއެވެ. މިކަމުގެ ސަބަބުން ފަޔާ ތަނބިކަށީގައި އެޑީމާގެ އަސަރުކުރުން އެކަށީގެންވެއެވެ. 

4. ކްރޮނިކް ކިޑްނީބަލި

ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖްގައި މެނުވީ ބައެއް ފަހަރު ބަލީގެ އަލާމާތްތައް ނުފެނިދެއެވެ. ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖްގައި ހަށިގަނޑުން ވޭސްޓް ޕްރޮޑަކްޓް އަދި އެކްސްޓްރާ ފުލުއިޑް ހަށިގަނޑުން ބޭރު ކޮށްދިނުމަށް ކިޑްނީއަށް އުނދަގޫތަކަކައި ކުރިމަތިވެއެވެ. މީގެ ސަބަބުން ތަފާތު މައްސަލަތައް ހަށިގަނޑަށް ކުރިމަތިވެއެވެ. އޭގެ ތެރޭގައި ތަނބިކަށި ދުޅަވުމުން ހިމެނެއެވެ.               

5. ލިވަރ ބަލި : ދުޅަހެޔޮކޮށް ހުންނަ ލިވާއިން އަލްބިއުމިން ނަމަކަށް ކިޔާ ޕްރޮޓީނެއް އުފައްދައިދެއެވެ. އަލްބިއުމިން އަކީ ލޭހޮޅިތަކާއި ވަށައިގެންވާ ޓިޝޫތަކުން ފްލުއިޑް ބޭރުވުން ހުއްޓުވައިދޭ އެއްޗެކެވެ. ލިވާ ބަލީގެ ސަބަބުން އަލްބިއުމިން މިންވަރު ދަށްވެ ފަޔާ، ބަނޑާ އަދި ތަނބިކަށި ދުޅަވުމަށް މަގުފަހިވެގެންދެއެވެ.

6. ހައިޕޮތައިރޮއިޑިޒަމް: މިބަލީގައި ތައިރޮއިޑްއިން އުފައްދައިދެނީ ވަރަށް މަދު ހޯމޯންސްތަކެކެވެ. 2017 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ތައިރޮއިޑް ޑިސްއޯޑާއާއި ރިއުމެޓޮއިޑް އާތުރައިޓިސްއާ ގުޅުމެއް ހުރެދާނެ ކަމަށް ބެލެނެވެ. އަދި މިކަމުގެ ސަބަބުން ހުޅުތަކުދައި އެޑީމާ އުފެދިދާނެއެވެ.

ލިޔުނީ: އުންމު ނުވާރު 

މައުލޫމާތު: https://www.medicalnewstoday.com/articles/324324    

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިއަދު އޮންލައިން