ރައީސް ޑރ.މުޢިއްޒުގެ ޗައިނާ ދަތުރުފުޅުގެ ނިންމެވުންތައް ތަންފީޒުކުރުމަށް ދެޤައުމު ގުޅިގެން ދަނީ މަސައްކަތްކުރަމުން: ޗައިނާ ސަފީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރައީސް ޑރ.މުޢިއްޒުގެ ޗައިނާ ދަތުރުފުޅުގެ ނިންމެވުންތައް ތަންފީޒުކުރުމަށް ދެޤައުމު ގުޅިގެން ދަނީ މަސައްކަތްކުރަމުން: ޗައިނާ ސަފީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާއިތުވި މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ނިންމެވި މުހިންމު ނިންމެވުންތައް ތަންފީޒުކުރުމަށް ދިވެހިރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންލީ ޒިންގ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ލ. އަތޮޅުގައި ބޭއްވުނު ލާމު-ޝިއާމެން މެރަތޯންގައި ބައިވެރިވެވަޑައިގެން ދެއްވި އިންޓަވިއުއެއްގައެވެ. މި މެރަތޯނަކީވެސް ރައީސް މުޢިއްޒުގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދަން ނިންމެވި ހަރަކާތެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

"ރައީސްގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ޝިއާމެން ސިޓީ. މި ދަތުރުގައި ޝިއާމެންގެ ލޯކަލް ލީޑަރުންނާއި ބައްދަލުކުރައްވާ ދެޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި. މިއަދު މިކުރިއަށްގެންދިޔަ މެރަތޯން ޙަރަކާތަކީ އޭގެދަށުން ކުރިއަށްގެންދެވޭ ހަރަކާތެއް." ސަފީރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ޗައިނާ ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި، އެ ނިންމެވުންތައް ތަންފީޒުކުރުމަށް ދެޤައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން