ޢިބްރަތްތެރި ޥާހަކަ: ތިމާދެކެ ލޯބިވާ ހެޔޮލަފާ އަދި ތަނަވަސްކަންވެސް ހުރި ފިރިއަކު ލިބުމުން ވަފާތެރި ނުވި އަންހެނެއްގެ ނިމުން- ދަހިވެތި، މަކަރުވެރި ކޮންމެ މީހަކަށް ވަރުގަދަ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ޢިބްރަތްތެރި ޥާހަކަ: ތިމާދެކެ ލޯބިވާ ހެޔޮލަފާ އަދި ތަނަވަސްކަންވެސް ހުރި ފިރިއަކު ލިބުމުން ވަފާތެރި ނުވި އަންހެނެއްގެ ނިމުން- ދަހިވެތި، މަކަރުވެރި ކޮންމެ މީހަކަށް ވަރުގަދަ ފިލާވަޅެއް!

އެއީ ދެލޯބިވެރިންނެވެ. ފިރިހެން މީހާއަކީ ވަރަށް އަޚްލާޤް ރަނގަޅު ޒުވާނެކެވެ. އެހެންކަމުން ދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކުގައި ދުވަހަކުވެސް ލޯބިވެރިޔާގެ ގައިގައި ނުކިއްސަރު ގޮތަކަށް ބީހިލާފައިވެސް ނުވެއެވެ. ބޮޑުވަރަކަށް ކުރާކަމަކީ އަތުކުރީގައި ހިފައިލުމެވެ. އެއީވެސް މަދުފަހަރަކުއެވެ. 

އަންހެން މީހާއަށް އެގޮތް ކަމަކު ނުދެއެވެ. އޭނާ ބޭނުންވަނީ ކައިވެނީގެ ކުރިން ވެސް ހުރިހާ ކަންކަންވެސްކުރާށެވެ. އެހެންނަމަވެސް ލޯބިވެރިޔާ އާއި ވަކިވާކަށް ބޭނުމެއް ނުވެއެވެ. އެއީ އޭނާއަކީ ތަނަވަސް މީހަކަށްވުމުން ތަނަވަސްކަމުގެ ދަހިވެތިކަމުގައެވެ. އެހެންކަމުންއޭނާ ނިންމީ ސިއްރުން ލޯބިވެރިއަކު ގެންގުޅެ އޭނާ ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ގެންދާށެވެ. 

ދުވަސްތަކަކަށްފަހު ދެމީހުން ކައިވެނިކުރިއެވެ. ލޯބިވެރިއެއްގެ ގޮތުގައި އުޅުނުއިރު އަނބިމީހާ ބޭވަފާތެރިވެ ކުރި އެއްވެސް ކަމެއް ފިރިމީހާއަކަށް ނުއެނގެއެވެ. ޔަޤީންކޮށްގެންހުރީ އަނބިމީހާއަކީ ތެދުވެރިއެއް ކަމަށެވެ. އެހެންވެ އެބާވަތުގެ ކަމަކަށް ޝައްކެއްވެސް ނުކުރެއެވެ. 

ވަރަށް ލޯބިންކަމަށް ދައްކައިގެން އަހަރެއްހައި ދުވަހު އެކުގައި ދިރިއުޅުމަށްފަހު ފިރިމީހާގެ މައްޗަށް ގިނަ ކަންތައްތަކަކަށް ގަދަވެގަނެ ފިރިމީހާގެ އެކައުންޓްތައްވެސް އޮޕަރޭތްކުރެވޭނެ މަގު ތަނަވަސްކޮށްފައި އަނބިމީހާ ޤަޞްދުކުރީ ފިރިމީހާ މަރައިލާފައި އޭނާގެ ސިއްރު ލޯބިވެރިޔާ އާއި ގުޅޭށެވެ. 

އެކަންކުރާނެ ގޮތަކާއިމެދު ވިސްނަމުން ގޮސް ފިރިމީހާއަށް ޒަހަރުދޭން ނިންމިއެވެ. އެދުވަހު ބަދިގެއަށް އަމިއްލައަށް ވަދެ 2 ތަށި ކޮފީހަދާފައި އެއްތަށްޓަށް ޒަހަރު އެޅިތަނާ ފިރިމީހާ ގޮވާލުމުން ކޮޓަރިއަށް ދިއަ ވަޤުތު ނޯކަރަކަށް ގެންގުޅޭ އަންހެންމީހާ ބަދިގެއަށް ވަދެ ދެ މަގް  ނަގައި ދުރުގައި ބަހައްޓާފައި ޓްރޭ ސާފުކޮށް ފުހެލިއެވެ. ފުހެލުމަށްފަހު ދެ މަގް އަލުން ތަބަކުގައި ބެހެއްޓިއެވެ. އެއީ އެއްވައްތަރުގެ 2 ތަށިކަމުން ވަކިތަށްޓަކަށް ސަމާލުކަމެއް ނުދެއެވެ. އެކަންކޮށްފައި އޭނާ އެއިރު ކުރަމުން އައި ގޭތެރޭގެ މަސައްކަތަށް އެނބުރުނީއެވެ. 

އެވަޤު ދެމަފިރިން އެކުގައި އައިސް އިށީނދެފައި އަނބިމީހާ ތެދުވެގެންގޮސް ތަބަށް ގެނެސް 2 ތަށި ކޮފީ ދެމީހުންގެ ގާތުގައި ބެހެއްޓިއެވެ. އަނބިމީހާގެ ތަށިން މެދަކާއި ހަމައަށް ބޮވުނު ތަނާ ކޮށިއަރައިގެންފައި އަނގައިން ލޭލެވިއްޖެއެވެ. ހޭނެތިގެން ވެއްޓިއްޖެއެވެ. އަވަސްފަރުވާއަށް ގުޅުމުން ޑޮކްޓަރުންނާއި ނަރުހުން އައިސް ބެލިއިރު އޭނާ އޮތީ މަރުވެފައެވެ. 

އެހިސާބުން ފުލުހުންވެސް ގެނެސް އަންހެންމީހާގެ ހަށިގަނޑު ޗެކްކުރުމުން ތަށްޓަށް އެޅި ޒަހަރުގެ ހުސްޕެކެޓް އޭނާގެ މޭމަތިން (ބްރާ ތެރެއަށްލައި ފޮރުވާފައި އޮއްވާ) ފެނުނެވެ. ފުލުހުންގެ ސުވާލަކަށްވީ އެހައި ހަމަޖެހިގެން ދިރިއުޅެމުން އައި އަންހެނަކު އަމިއްލައަށް ޒަހަރުބޮއެގެން މަރުވީ ކީއްވެގެންހެއްޔެވެ؟ އެސުވާލުތަކުގެ ޖަވާބު ލިބި ޙަޤީޤަތް ހާމަވީ އޭނާގެ ފޯނުންނެވެ. 

ހިނގައިދިއަ ކަންކަން ޤަބޫލުކުރަންވެސް ފިރިމީހާއަށް އުނދަގޫވިއެވެ. އެހައި ރަނގަޅަށް އަބަދުވެސް އޭނާއަށް ކަންކަން ކޮށްދީ އެހައި އިތުބާރުކޮށް އެކައުންޓްތައް އޮޕަރޭޓްކުރެވޭނެ ގޮތްވެސް ހަދައިދިނީމާ އޭނާ މަރާލަން އުޅެފާނެ ކަމަށް ޤަބޫލުކުރުންވީ އުނދަގޫކަމަކަށެވެ. ނަމަވެސް ފޯނުން ޙަޤީޤަތް އެނގެން ހުރުމުން ޖެހުނީ ޤަބޫލުކުރާށެވެ. 

އެހިސާބުން އޭނާގެ ހިތަށް އެރިއެވެ. "އަހަރެންގެ ފުރާނަ ސަލާމަތްމިވީ ނޯކަރުގެ ސަބަބުންނެވެ. ނުއެނގިހުރެ ނަމަވެސް އޭނާއަށް ކުރެވުނު ކަމަކުންނެވެ. އެންމެ ރަނގަޅު ގޮތަކީ އޭނާ އާއި ކައިވެނިކުރުމެވެ. ހަމަޤައިމުވެސް އޭނާގެ ދަހިވެތިކަން އެހައިބޮޑެއް ނުވާނެއެވެ." އެވިސްނުމުގައި ދެމީހުން ކައިވެނިކުރީއެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ މިވާހަކައިން އަޅުގަނޑަށް ވަރަށް ގިނަ ޢިބްރަތްތަކެއް ލިބުނީތީއެވެ. 

އޭނާއަށް އެލިބުނީ ކޮންފަދަ ރަނގަޅު ފިރިއެއްހެއްޔެވެ؟ އަޚްލާޤް އެހައި ރަނގަޅެވެ. ތަނަވަސްކަންހުރި މީހެކެވެ. ތަނަވަސްކަމުގައި އަނބިމީހާ ބައިވެރިވެސްކުރިއެވެ. އެވަރުންވެސް އޭނާ އެހެއްލުނީ އިބިލީހުގެ ބަހަށެވެ. މިހިރީ ކިހައި ބޮޑެތި ފިލާވަޅުތައްތޯއެވެ؟

 

--ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން