ތަޢުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ޙާޞިލުކުރުމަށް މަސައްކަތްކުރުމާއެކުވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށްވެސް ވިސްނުން ބެހެއްޓުމަކީ މުޙިއްމު ކަމެއް ކަމަށް މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ ތުރުކީ ސްކޮލަރޝިޕް ހާޞިލުކޮއްފައިވާ ދަރިވަރުން ބޭރަށް ފުރުމުގެ ކުރިން އެ ދަރިވަރުންނަށް ޢަލްވަދާޢުކިޔުމުގެ ގޮތުން މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބޭއްވި ހަފްލާގައެވެ.
ވަޒީރު ވިދާޅުވީ، ދަރިވަރުންގެ އަސާސީ ޚަރަދުތަށް ބެލެހެއްޓުމަށްދޭ ސްޓައިޕެންޑްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، ތަފްސީލީ ބަޖެތެއް އެކުލަވާލައި، ކެޔުން ބުޔުމާއި، ދަތުރު ފަތުރު ކުރުން ފަދަ އަސާސީ ކަންތައްތަށްކުރުމުގައި، ޚަރަދުކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށާއި، ލިބޭ އެއްޗަކާއި ނުބައްދަލު ޚަރަދުތަކުން ދުރުހެލިވާން ޖެހޭކަމެށެވެ.
"ތަޢުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ޙާޞިލުކުރުމަށް މަސައްކަތްކުރުމާއެކުވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށްވެސް ވިސްނުން ބެހެއްޓުމަކީ މުޙިއްމު ކަމެއް. ޕާޓްޓައިމް ވަޒީފާތަކުގައި ޙަރަކާތްތެރިވުމާއި،ޓިއުޝަން ނަގައިދިނުމާއި، ފްރީލޭންސް މަސައްކަތްތައްކުރުމާއި، އަދި ކިޔެވުމުގެ ވަގުތުތަކާ ފުށުނާރާ ގޮތަށް ހުންނަ އެހެނިހެން އަމިއްލަ މަސައްކަތްތަކުގެ ސަބަބުން މާލީ އެހީތެރިކަން ލިބުމުގެ އިތުރުން، މުސްތަޤުބަލުގައި ކެރިއަރ ކުރިއެރުވުމަށް ބޭނުންތެރި ތަޖުރިބާތަކެއްވެސް ލިބިގެންދާނެކަމެއް"
ވަޒީރު އިތުރަށްވިދާޅުވީ ލިބޭ ހުސް ވަގުތުތަކުގައި އެޤައުމުގެ އާދަކާދަތައް ބަލާލާ ދަސްކޮށް ތަޖްރިބާ ހޯދުމަކީވެސް މުހުހިންމުކަމެއްކަމަށާ، އެހެންނަމަވެސް އެގޮތަށް އުޅުމުގައި އަބަދުވެސް ދަރިވަރުންނަނީ ޤައުމު ތަމްސީލްކުރާ ބައެއްކަން ހަނދާނުން ނައްތާލައިގެން ނުވާނެކަމަށެވެ. އަބަދުވެސް ދީނުގެ ހަމަތަކާއި އުސުލުތަކުގައި ހިފަހައްޓާ ދިވެހިންގެ ހުލްޤުހެޔޮކަމާއި، އެކު ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު