ތަޢުލީމު ހާޞިލުކުރުމަށް ފުރާ ދަރިވަރުން، އެންބަސީގައި ރަޖިސްޓަރ ވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތަޢުލީމު ހާޞިލުކުރުމަށް ފުރާ ދަރިވަރުން، އެންބަސީގައި ރަޖިސްޓަރ ވުމަށް އިލްތިމާސްކޮށްފި

ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ޤައުމެއްގައި ހުންނަ ރާއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަސް އިލްތިމާސްކުރައްވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ ތުރުކީއިން ދިވެހި ދަރިުވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާއިން ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނާއި މުހާތަބު ކުރައްވާ އެކަމަނާ ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެއްކަމަށާ، އޭރުން ދިމާވާ ކަންކަމުގައި އެންބަސީއިން ދަރިވަރުންނަށް އެހީތެރިކަންފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

"ރުކީގައިވާ ދިވެހިރާއްޖޭގެ އެންބަސީ އިން އެ ޤައުމުގައި، މަތީ ތަޢުލީމު ހާޞިލުކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީކަން އަޅުގަނޑު އަރުވަން، އެހެންކަމުން ތަޢުލީމު ހާޞިލުކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓަރ ވުމަށް އަޅުގަނޑު އިލްތިމާސްކުރަން. އޭރުން ދަރިވަރުންނަށް ދިމާވާ ކަންކަމުގައި މުއާމަލާތުކޮށް އެހީތެރިވުމަށް ފަސޭހަވެގެންދާނީ"

 

ޑރ. ހާލާ ގެ ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަށް ލިބުނު ތުރުކީ ސްކޮލަރޝިޕްގެ ފުރުޞަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކާމިޔާބީކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ދަރިވަރުންނާއި މުހާތަބުކުރައްވާ އިތުރަސް ވިދާޅުވީ ސްކޮލަޝިޕް ތުރުކީވިލާތުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާއިރު، އެ ޤައުމުގެ އާދަކާދައާއި ސަޤާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުޙިއްމުކަމެއް ކަމަށެވެ.

ތުރުކީވިލާތުން ހުޅުވައިލި މި ސްކޮލަރޝިޕްގައި، ބެޗްލާރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުޞަތުތަށް ހިމެނެއެވެ.މި ފުރުޞަތުތަކުގެ ތެރެއިން، މިހާތަނަށް 14 ދަރިވަރުން ވަނީ ސްކޮލަޝިޕް އަށް ހޮވި، އޭގެތެރެއިން 11 ދަރިވަރުން މިވަނީ ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެފައެވެ.

 

 

ހަބަރު: ސަރުކާރު

 

 

މިއަދު އޮންލައިން