އެމްއެމްއޭއިން ޢާންމުކުރި ދެ ޤަވާއިދަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް: ފަތުރުވެރިކަމާބެހޭ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެމްއެމްއޭއިން ޢާންމުކުރި ދެ ޤަވާއިދަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް: ފަތުރުވެރިކަމާބެހޭ ވަޒީރު

އެމްއެމްއޭއިން ޢާންމުކުރި ދެ ޤަވާއިދަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ވިދާޅުވެފައިވަނީ މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި މަޢުލޫމާތެއްގައެވެ.

ވަޒީރު ފައިޞަލް ވިދާޅުވި ގޮތުގައި، މި ދެ ޤަވާއިދުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ހެޔޮ ފައިދާތަކެއް ކުރާނެއެވެ. ނަމަވެސް، މިކަމާ ގުޅިގެން ސިނާޢަތުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިންޑަސްޓްރީގައި މިކަމުގެ ކޮންސާން އެބަހުރި. އަޅުގަނޑު އަޑުއަހަން އެބޭފުޅުންގެ އަޑު. ގަވަރުނަރުވެސް ވިދާޅުވި ވަޑައިގަންނަވާށޭ އެބޭފުޅުންގެ ހުރި ކޮންސާން ތަކައިގެން. އެއިރުން އެ ނަންބާސްއަށް ބަލާފައި އެބޭފުޅުންގެ ކަންތައްތައް އަޅުގަނޑުމެންނަށް ހައްލު ކުރެވިގެންދާނެ," ވަޒީރު ވިދާޅުވިއެވެ.

މި ކަންބޮޑުވުންތައް ރިވެތި އުސޫލުން މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކުގެ އަޑު އެހުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްއޭއިން މި މަހުގެ 1 ވަނަ ދުވަހު ޢާންމުކޮށް ޢަމަލުކުރަން ފަށާފައިވާ މި ދެ ޤަވާއިދުގެ މަޤްޞަދަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާ އިތުރުކުރުމާއި، ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގު ފަހިކުރުމެވެ.

މި ޤަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވުމަށް ވަޒީރު ވަނީ އިންކާރު ކުރައްވާފައެވެ. ނަމަވެސް، މި ބަދަލުތަކަކީ ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް މުހިންމު ބަދަލުތަކެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.                     

މިއަދު އޮންލައިން