20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭނެއް އެކުލަވާލުމަށް ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭނެއް އެކުލަވާލުމަށް ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭނެއް އެކުލަވާލުމާއި އެކަމާ ގުޅޭ ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއި އެކީ ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފިއެވެ.

މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރަައްޤީއާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަޙުމަދުއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަފްއެވެ. 

މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރުން ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން 900،000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ. 

20 އަހަރުގެ ދުރު ރާސްތާ ޕްލޭންއަކީ ރައީސް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތައް ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ، ސިޔާސީ ޕާރޓީތަކާއި އާއްމު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ހިމަނައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން