ސުންނަތް ނަމާދުތަކުގައި އައްތަޙިއްޔާތުކިޔުމާ އެމީހަކު ބޭނުން ކަމަށް އެދި ދުޢާކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ސުންނަތް ނަމާދުތަކުގައި އައްތަޙިއްޔާތުކިޔުމާ އެމީހަކު ބޭނުން ކަމަށް އެދި ދުޢާކުރުން-

ފަރުޟު ނަމާދުގައިވެސް ސުންނަތް ނަމާދުގައިވެސް ފުރަތަމަ އައްތަޙިއްޔާތާއި ފަހު އައްތަޙިއްޔާތާއި 2 އައްތަޙިއްޔާތުވެސް ކިޔަންވާނެއެވެ.

ޚާއްޞަގޮތެއްގައި ފަހު އައްތަޙިއްޔާތުގައި އިބްރާހީމް ޞަލަވާތް ކިޔެވުމަށްފަހު ފަހަތުން އަންނަ ދުޢާތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެ ދުޢާތަކުގައި ވަނީ ފާފަ ފުއްސަވައިދެއްވެވުމަށާއި އެކަންކަމުން ރައްކައުތެރިކަމަށް އެދި ދުޢާކުރުމަށް ރަސޫލް (ﷺ) އިރުޝާދު ދެއްވަވާފައިވާ ކަންކަމެވެ.

ވީމާ ފަރުޟު ނަމާދުތަކުގައިވެސް އަދި ސުންނަތް ނަމާދުތަކުގައިވެސް 2 އައްތަޙިއްޔާތުވެސް ކިޔަންވާނެއެވެ. އަދި އައްތަޙިއްޔާތުގައި އެމީހަކު އެދެން ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަމުން ވެސް ގެންދާށެވެ!

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން