ޖަމާޢަތްތެރީން ތަމްރީނުކުރުމުގެ ޕްރޮގުރާމް ފުރިހަމަކުރި ބައިވެރީންނަށް ހަނދާނީ ލިޔުން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ޖަމާޢަތްތެރީން ތަމްރީނުކުރުމުގެ ޕްރޮގުރާމް ފުރިހަމަކުރި ބައިވެރީންނަށް ހަނދާނީ ލިޔުން ދީފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މާލޭ ސަރަހައްދުގައި ޖަމާޢަތްތެރީން ތަމްރީނުކުރުމަށް ޓަކައި ހިންގި ތަމްރީނު ޕްރޮގުރާމް ނިންމައިލައި ބައިވެރީންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ފިރިހެނުންނާއި އަންހެނުން ހިމެނޭހެން ޖުމުލަ 28 މީހަކު ބައިވެރިވެފައިވެއެވެ. ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ހިންގި މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡުންކަމަށްވާ އައްޝައިޚް ޢާޒިމް ޚާލިދާއި އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދެވެ.

މި ތަމްރީން ޕްރޮގުރާމް ހިންގައިފައިވަނީ ދެ ހަފުތާގެ މުއްދަތަށެވެ. މިއީ މާލެއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން އިތުރުކުރުމުގެ މަގުސަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ މަތީން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިނގަވާ ސިލްސިލާ ޕްރޮގުރާމުގެ ތެރެއިން ހިންގެވި ތަމްރީނެކެވެ.

މިއަދު އޮންލައިން