ކުރިއަށްއޮތް 5 ދުވަހު ގަދަ ވަޔާއި ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރުވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ކުރިއަށްއޮތް 5 ދުވަހު ގަދަ ވަޔާއި ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރުވޭ!

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މަޢުލޫމާތު ދޭގޮތުގައި، ރާއްޖޭގެ ސަރަޙައްދުގައި މިވަގުތު ހުޅަނގު މޫސުމުގެ ބާރުވަނީ ގަދަވެފައެވެ.

ކުރިއަށްއޮތް 5 ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދު ސަރަޙައްދުގައި ގަޑިއަކަށް 15-25 މޭލުގެ ބާރުމިނުގައި ވައި ޖެހުމާއެކު، ދެކުނު ސަރަޙައްދުގައި ގަޑިއަކަށް 13-23 މޭލުގެ ބާރުމިނުގައި ވައި ޖެހުމަށް ލަފާކުރެވެއެވެ. އަދި ވަގުތުން ވަގުތަށް ވައިގެ ބާރުމިން ގަޑިއަކަށް 45-55 މޭލަށް އަރާފައިބާ ދިއުން އެކަށީގެންވެއެވެ.

މީގެ އިތުރުން، ގަދަ ވަޔާއެކު ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ދިޔަވަރުބޮޑުވާ ވަގުތުގައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެކެވެ.

މި މޫސުމާ ގުޅިގެން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ދަތުރުތައް ރޭވުމުގެ ކުރިން އެންމެ ފަހުގެ މޫސުމާބެހޭ މަޢުލޫމާތު ހޯދުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

މި މޫސުމުގައި ދަތުރުފަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން