ބްލެކް މާކެޓުން އަގުބޮޑުކޮށް ގަނެފައިވާ ގަރާޖު ސިޓީގެ ބޭނުމެއް މިހާރު ނުހިފޭނެ: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ބްލެކް މާކެޓުން އަގުބޮޑުކޮށް ގަނެފައިވާ ގަރާޖު ސިޓީގެ ބޭނުމެއް މިހާރު ނުހިފޭނެ: ވަޒީރު އަމީން

ބްލެކް މާކެޓުން އަގުބޮޑުކޮށް ގަރާޖު ސިޓީ ގަނެފައިވާ ފަރާތްތަކަށް އެކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޕާކިންގ ބިލްޑިންގަތައް އެޅުމަށްޓަކައި ފަހުމުނާމާގައި ސޮއިކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ގިނަ އަދަދެއްގެ ފަރާތްތަކުން ގުޅިގެން ޤާނޫނާ ޚިލާފަށް ގަރާޖު ސިޓީ ވިއްކައިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި މި މިނިސްޓްރީއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިހާރު ކާރު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖު ފިޒިކަލީ ޗެކުކުރުން ހިމެނެއެވެ. މިގޮތަށް ކަންކުރުމުން ގަރާޖު ސިޓީ ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް ކާރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަނިވެގެންދާނެއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން މާލޭގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބި މާލޭގެ މަގުތަކަކީ ރައްކާތެރި ތަނެއްކަމުގައި ވެގެންދާނެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން