ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ވިލިމާލޭގައި ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ވިލިމާލޭގައި ޤާއިމުކުރަނީ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި ވިލިމާލޭގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަޝްރޫޢުގެ ދަށުން ވިލިމާލޭ މަސްޖިދުލްބިއްރިގައި ދެ ކުލާސްރޫމް ތައްޔާރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު ކުރިއަށް ގެންދާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ދެއްވާ އެހީތެރިކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގޮފި ވަރަށް އަވަހަށް ހުޅުވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން މިހާރުވެސް މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ގިނަ ޕްރޮގުރާމުތަކާއި ކުލާސްތައް ހިންގަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. ވިލިމާލޭގައި މި ގޮފި ޤާއިމުކުރުމުން، އެ ރަށުގެ ރައްޔިތުންނަށް ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި ގޮތްޕުގެ ސަބަބުން ވިލިމާލޭގެ ދަރިވަރުންނާއި ބޮޑެތި މީހުންނަށް ޤުރުއާނާ ގުޅޭ އެކި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން