ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދީ، އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ނުރައްކާތެރި ބަސްތައް ބޭނުންކުރި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތަކީ ގ. ސަންސަގެއާގެ، 40 އަހަރުގެ ޢަބްދުﷲ މިޔާދެވެ. އޭނާ ހައްޔަރުކުރެވުނީ ރާއްޖެއިން ބޭރުން އެނބުރި އައުމަށްފަހު، ރޭގަނޑުގެ ވަގުތެއްގައެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މިޔާދު ބޭނުންކުރާ ކަމަށް ޤަބޫލުކުރެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް ޑރ. މުޢިއްޒަށާއި ދައުލަތުގެ އެކި ފަންތީގެ އިސްވެރިންނަށް އަދި އާންމު ރައްޔިތުންނަށް އަމާޒުކޮށް މަރުގެ އިންޒާރާއި އެހެނިހެން ގެއްލުންތައް ދޭނެ ކަމުގެ ބިރުދެއްކުމުގެ މެސެޖުތައް ފޮނުވަމުންދާ މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އެ އެކައުންޓްތަކުން ބޭއަދަބީ ބަހުރުވަ ބޭނުންކޮށްގެން ޕޯސްޓުތައް ކުރުމާއެކު، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ބާވަތުގެ ޕޯސްޓުތަކެއްވެސް ކުރަމުންދާކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައަކީ ނުރައްކާތެރި އަދި ސަމާލުކަން ދޭންޖެހޭ މައްސަލައެއްގެ ގޮތުގައި ބަލައި، ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށެވެ.

މިއަދު އޮންލައިން