ރަސްމީ ސަނަދެއްނެތި މަސައްކަތްކުރާ ފަންނުވެރިން، ސަނަދު ހޯދުމުގެ ފުރުސަތު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ރަސްމީ ސަނަދެއްނެތި މަސައްކަތްކުރާ ފަންނުވެރިން، ސަނަދު ހޯދުމުގެ ފުރުސަތު

ރައްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނުރިންގެތެރޭގައި ރަސްމި ސެޓިފިކެޓެއް ނެތި މަސައްކަތްކުރާ ވަރަށް ހުނަރުވެރި ފަރާތްތައް އުޅެއެވެ. މި ފަދަ ފަރާތްތަކަށް ރަސްމީ ސެޓިފިކެޓްއެއް ހޯދުމުގެ ފުރުސަތު ނޭޝަލް ޓްރޭޑް ޓެސްޓިންގ އިން ލިބިގެންދެއެވެ.

ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން އަކީ ކޮބާ؟

ނޭޝަލް ޓްރޭޑް ޓެސްޓިންގ އަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއްބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއްވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުޞަތު އެމީހުންނަށް ހޯދައިދިނުމުގެ ގޮތުންނާއި، މިފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ޤައުމީ ނިޒާމުގެ ތެރެއިން ދެވޭ އިމްތިހާނެކެވެ.

މި އިމްތިހާނުތައް ދެވޭނީ އެމް.އެން. އެސް.ޑީ.އޭގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތައް ހުރި ދާއިރާތަކަށެވެ. ތަމްރީނުދޭ އެހެން މަރުކަޒުތަކުގެ ޕްރޮގްރާމަކަށް ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ކުރިޔަށް ނުގެންދެވޭނެއެވެ.

ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ގެ ބައިވެރިންގެ ޝަރުޠުތައް:

ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާތާ މަދުވެގެން 5 އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން؛ ނުވަތަ

ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން 5 އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން؛ ނުވަތަ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ޒަމާނުއްސުރެ ކޮށްއުޅޭ ދިވެހީންގެ ޚާއްޞަ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ގޮތުން އެ ރޮނގުން އެފަދަ މަސައްކަތް ޤައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް މަސައްކަތް ކުރާތާ 5 އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން

ދިވެހިންނަށް ވަޒިފާގެ ފުރުސަތުތައް އިތުރުކޮށް ބިދޭސީންނަށް ބަރޯސާވުން ކުޑަވެ، ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އިލްމާއި ހުނަރު ލިބިފައިވާ ޖީލެއް ބިނާކޮށް" އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް" މަދުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން