ފުނަދޫ އެއަރޕޯޓުގެ ފަޔަރ ޓްރަކުގެ މައްސަލަ ހައްލުކޮށް، ހޮނިހިރު ދުވަހު ދަތުރުތައް އަލުން ފެށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ފުނަދޫ އެއަރޕޯޓުގެ ފަޔަރ ޓްރަކުގެ މައްސަލަ ހައްލުކޮށް، ހޮނިހިރު ދުވަހު ދަތުރުތައް އަލުން ފެށަނީ

ށ. ފުނަދޫ އެއަރޕޯޓުގެ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ފްލައިޓްތައް ހޮނިހިރު ދުވަހު އަލުން ފެށޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ.

ރީޖަނަލް އެއަރޕޯޓްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، އެއަރޕޯޓުގެ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަނީ ވަގުތީގޮތުން ފްލައިޓްތައް މެދުކަނޑާލާފައެވެ. އެ މައްސަލަ ހައްލުކުރުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އަދި މައްސަލަ ހައްލުކޮށް، ހޮނިހިރު ދުވަހު ދަތުރުތައް އަލުން ފެށޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވަނީ އަންގަވާފައެވެ.

ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން، ޓިކެޓް އަލުން ބުކްކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެއަރލައިނާ ގުޅުއްވުމަށް މޯލްޑިވިއަންއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި މައްސަލައިގެ ސަބަބުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވެފައިވާއިރު، އެއަރޕޯޓާއި އެއަރލައިންތަކުން ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކޮށް، އާންމު ދަތުރުފަތުރު އަލުން ފެށުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން