ގްރޭޓަރ މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ގްރޭޓަރ މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައިފި

ގްރޭޓަރ މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދު ބަދަލެއް ގެނައުމަށް މާލެފަހި ޕްރޮގްރާމްގެ ދަށުން ނިންމައިފިއެވެ. މި ބަދަލާއެކު، ކުނި އުކާލުމުގެ ވަގުތު ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކުރެވޭނެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މިވަގުތު ގެންނަން ޖެހިފައިވާ މުހިންމު ބަދަލެއްގެ ގޮތުގައެވެ. އަދި މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅަނދުފަހަރުގެ ދަތުރުފަތުރު އިތުރުވެފައިވާތީ، ކުނި އުކާލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ގަބޫލުކުރެވޭ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި އައު އުސޫލު ތަންފީޒުކުރުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އިތުރުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި އެކު، ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައް ވެސް ބައިވެރިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނޭ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މި ބަދަލު ތަންފީޒުކުރަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ބަދަލަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށާއި ތިމާވެށްޓަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން